އިމާމް (Imaam)

HDC (161)-HRM/IU/2026/285
Thilafushi
12500
13/10/2026
19/10/2026 14:00
Deadline in 5 days
Apply now

ތައުލީމީ ފެންވަރާއި ތަޖުރިބާ:

މަޤާމު މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ހުކުރު ނަމާދު ކުރުމުގެ ސަނަދު ލިބިފައިވުން.


މަޤާމުގެ މަސްއޫލިއްޔަތު:

ތިލަފުށި މިސްކިތުގައި އިމާމުވެ ނަމާދުކުރުމާއި އަދި އިމާމްގެ އެންމެހާ ޒިންމާތައް އިސްލާމީ އުސޫލުތަކާއި އެއްގޮތްވާގޮތުގެ މަތިން އަދާކުރުން.


މަޤާމުގެ މައިގަނޑު މަސައްކަތްތައް: 

  • ތިލަފުށި މިސްކިތުގައި އިމާމުވެ ފަރުޟު ފަސް ނަމާދުކުރުން.
  • ހުކުރު ޚުތުބާ ކިޔުމާއި ހުކުރު ނަމާދު އިމާމުވެކުރުން.
  • ރަމަޟާންމަހު ތަރާވީޙް ނަމާދު އިމާމްވެކުރުން.
  • ޢީދު ނަމާދު އިމާމްވެކުރުމާއި ޚުތުބާކިޔުން.
  • އިމާމްވެ ނަމާދުކުރެވޭ މިސްކިތުގެ ސާފުތާހިރުކަން ސުޕަވައިޒްކޮށް ބެލެހެއްޓުމާއި، ދިމާވާ މައްސަލަތައް އަންގަންޖެހޭ ފަރާތްތަކަށް އަންގާ ހައްލުކުރުމަށް މަސައްކަތްކުރުން.
  • މަތީގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ އިތުރުން ސުޕަވައިޒަރު ހަވާލުކުރާ މަޤާމާއި، މަޤާމުގެ މަސްޢޫލިއްޔަތާއި ގުޅުންހުރި އެހެނިހެން މަސައްކަތްކުރުން.


ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލްކަން:

  • މަސައްކަތްތައް ކަނޑައެޅިފައިވާ ވަގުތަށް ނިންމުމާއި ގަޑިއަށް ފަރުވާތެރިކަމާއިއެކު ކުރުން.
  • ރަނގަޅަށް މުއާމަލާތް ކުރަން ދަންނަ ފަރާތަކަށްވުން.
  • އިސްލާމްދީނުގެ ހަމަތަކާއި އުސޫލުތަކާއި އެއްގޮތްވާގޮތުގެ މަތިން މަސައްކަތްކުރުން.
  • އިތުބާރުކުރެވޭފަދަ ފަރާތަކަށްވުން.


ވަޒީފާއަދާކުރަންޖެހޭ ތަން: ތިލަފުށި


މުސާރަ: 12،500.00ރ 

އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭ ނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެއެވެ.


ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް އުސޫލުން (ފުރަތަމަ އެއް އަހަރުގެ ކޮންޓްރެކްޓެއް ހުށައެޅުމަށްފަހު، ދާއިމީ ކުރުމަށް ނިންމާނީ ފުރަތަމަ ކޮންޓްރެކްޓް ނިމުމުންނެވެ).

.............................................................................................................................


ބޭނުންވާ ލިޔެކިޔުންތައް:

  • އައިޑީ ކާޑު ކޮޕީ 
  • ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  • ކުރިން އަދާކޮށްފައިވާ ވަޒީފާގައި އުޅުނުކަމުގެ ލިޔުން
  • ހުކުރު ނަމާދު ކުރުމުގެ ސަނަދު 
  • ސީވީ



އިތުރު މައުލޫމާތު ހޯއްދެއްވުމަށް 3353535 އަށް ގުޅާލައްވާ.