އެސިސްޓަންޓެ ކްލީނަރ (Assistant Cleaner)

HDC(161)-HRM/IU/2025/98
K. Kudagiri
10500
06/03/2025
11/06/2025 14:00
Expires in a day
Apply now

ތައުލީމީ ފެންވަރާއި ތަޖުރިބާ:

އަސާސީ ތަޢުލީމުގެ ފެންވަރުހުރުމާއިއެކު މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެވޭފަދަ ސިއްޙަތެއްގައި ހުރުން.


ޖުމްލަކޮށް މަޤާމުގައި ކުރަންޖެހޭ މަސައްކަތް:

ހަވާލުކުރެވޭ ސަރަހައްދު ސާފުކޮށް ބެލެހެއްޓުން.


މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތުތައް: 

  • ސުޕަވައިޒަރުގެ އިރުޝާދާއި އެއްގޮތްވާ ގޮތުގެ މަތިން ހަވާލުކުރެވޭ ސަރަހައްދު ކުނިކަހާ ސާފުކޮށް ބެލެހެއްޓުން. މީގެ ތެރޭގައި އޮފީހާއި ފާހާނާއާއި ރަށުތެރެ ކުނިކަހާ ސާފުކުރުން.
  •  ސާފުކުރުމަށް ހަވާލުކުރެވޭ ސަރަހައްދުން ނަގާ ކުނި ކަނޑައެޅިފައިވާ ތަނަކަށް ޖަމާކޮށް ސުޕަވައިޒަރަށް އެންގުން.
  • ފާހާނަތަކަށް ބޭނުންވާ ތަކެތި ހަމަތޯބަލާ ގަވާއިދުން ސްޓޮކް ކޮއްފައިބެހެއްޓުން.
  • ޑަސްބިންތައް ގަވާއިދުން ހުސްކުރުން.
  • ދުވަހުން ދުވަހަށް ހަވާލުކުރެވޭ މަސައްކަތްތައް ފަރުވާތެރިކަމާއިއެކު ނިންމުމާއި ހަވާލުވެ ހުންނަ ސުޕަވައިޒަރަށް ރިޕޯޓްކުރުން.
  • ކޯޕަރޭޝަނުން ހިންގާ އެކިއެކި ޕްރޮޖެކްޓްތަކަށް އެހީތެރިކަން ބޭނުންވެއްޖެ ހިނދެއްގައި އެމަސައްކަތަށް އެއްބާރުލުން ދިނުން.
  • މަޤާމާއި ޔުނިޓުގެ މަސައްކަތާއި ގުޅޭގޮތުން އިސްވެރިޔާ ނުވަތަ ސުޕަވައިޒަރު ހަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން.


ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލްކަން:

  • ހީވާގިކަމާއެކު މަސައްކަތް ކުރެވޭ މީހެއް ކަމުގައިވުން. 
  • މަސައްކަތްތައް އަމިއްލައަށް އިސްނަގައިގެން ކުރުމާއި މީހުންނާއި ގުޅިގެން މަސައްކަތްކުރުން. 
  • މަސައްކަތްތައް ކަނޑައެޅިފައިވާ ވަގުތަށް ނިންމުމާއި ގަޑިއަށް ފަރުވާތެރިކަމާއިއެކު ކުރުން.
  • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ އަދި މަސައްކަތް ކުރެވޭނެފަދަ ރަނގަޅު ސިއްހަތެއްގައި ހުރުން.


މުސާރަ: 10,500.00ރ 

އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭ ނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެއެވެ.


ބޭނުންވާ ލިޔެކިޔުންތައް:

  • އައިޑީ ކާޑު ކޮޕީ 
  • ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  • ކުރިން އަދާކޮށްފައިވާ ވަޒީފާގައި އުޅުނުކަމުގެ ލިޔުން
  • ސީވީ


ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް އުސޫލުން (ފުރަތަމަ ވަޒީފާގެ އެއްބަސްވުން އެކުލަވާލެވޭނީ 1 އަހަރު ދުވަހުގެ މުއްދަތަށެވެ. ވަޒީފާ ދާއިމީ ކުރުމުގެ ނިންމުން ނިންމާނީ ފުރަތަމަ ކޮންޓްރެކްޓް ނިމެން ކައިރިވުމުން، މަސައްކަތުގެ ފެންވަރާއި އެހެނިހެން ކަންކަމަށް ރިއާޔަތްކުރުމަށް ފަހުއެވެ.)


އިތުރު މައުލޫމާތު ހޯއްދެއްވުމަށް 3353535 އަށް ގުޅާލައްވާ.