ސަޕޯޓް ސްޓާފް (Support Staff)

HDC(161)-HRM/IU/2024/177
Hulhumale
10500
01/08/2024
04/08/2024 12:00
Expired

ތައުލީމީ ފެންވަރާއި ތަޖުރިބާ:

އަސާސީ ތައުލީމުގެ ފެންވަރު ހުރުމާއިއެކު، މަސައްކަތާއި ގުޅޭ ދާއިރާއިން ތަޖުރިބާ ލިބިފައިވުން


މަޤާމުގެ މަސްއޫލިއްޔަތު:

ކޯޕަރޭޝަނުން ހިންގާ އެކިއެކި ޕްރޮޖްކްޓްތަކަށް ބޭނުންވާ އެންމެހައި ޢަމަލީ މަސައްކަތްތަކުގައި އެހީތެރިވެދިނުން


މަޤާމުގެ މައިގަނޑު މަސައްކަތްތައް:

  • ކޯޕަރޭޝަނުން ބަލަހައްޓާ އިމާރާތްތަކާއި އަދި އެފަދަ އެހެނިހެން ތަންތަން ބެލެހެއްޓުމާއި މަރާމާތުގެ މަސައްކަތްތައް ކުރުން. މީގެތެރޭގައި މަގުތަކުގައި ގާއެތުރުމާއި، ކުނިކަހާ ސާފުކުރުމާއި، ކޮންކްރީޓް އެޅުމާއި، ކާޕެންޓްރީ، ވަޔަރިންގ އަދި މޭސަނަރީ އާއި ގުޅުންހުރި މަސައްކަތްތައް ކުރުން
  • ކޮންސްޓްރަކްޝަން އަދި ޑިވެލޮޕްމަންޓަލް ޕްރޮޖެކްޓްތަކަށް ބޭނުންވާ އަމަލީ މަސައްކަތްތަކުގައި އެހީތެރިވެދިނުން
  • މަގާމުގެ މަސްއޫލިއްޔަތާއި ގުޅޭގޮތުން އިސްވެރިޔާ ހަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން
  • މަސައްކަތަށް ބޭނުންވާ ސާމާނާއި ޓޫލްސް ފަދަ ތަކެތި އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ހޯދުމާއި އަދި އެތަކެތި ބެލެހެއްޓުން
  • މަސައްކަތުގެ މާހައުލުގައި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތަށް އެޅުން


ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލްކަން:

  • މަސައްކަތްތައް އަމިއްލައަށް އިސްނަގައިގެން ކުރުމާއި މީހުންނާއި ގުޅިގެން މަސައްކަތްކުރުން.
  • މަސައްކަތްތައް ކަނޑައެޅިފައިވާ ވަގުތަށް ނިންމުމާއި ގަޑިއަށް ފަރުވާތެރިކަމާއިއެކު ކުރުން
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި މަސައްކަތް ކުރެވޭނެފަދަ ރަނގަޅު ސިއްހަތެއްގައި ހުރުން
  • ހީވާގިކަމާއެކު މަސައްކަތް ކުރެވޭ މީހެއް ކަމުގައިވުން


ބޭނުންވާ ލިޔެކިޔުންތައް:

  • އައިޑީ ކާޑު ކޮޕީ 
  • ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  • ކުރިން އަދާކޮށްފައިވާ ވަޒީފާގައި އުޅުނުކަމުގެ ލިޔުން
  • ސީވީ