ހެވީ ވެހިކަލް އޮޕަރޭޓަރ (Heavy Vehicle Operator)

HDC(161)-HRM/IU/2023/510
Hulhumale
12500
18/09/2023
25/09/2023 14:00
Expired

ތައުލީމީ ފެންވަރާއި ތަޖުރިބާ:

  • އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސު އޮތުން.
  • C2 ،B2 ،B0 އަދި C0 ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސު ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.


މަޤާމުގެ މަސްއޫލިއްޔަތު:

ސައިޓުގައި ބޭނުންކުރާ ހެވީ ވެހިކަލްތަކާއި އަދި އެހެނިހެން ވެހިކަލްތައް ދުއްވުމާއި ޑްރައިވަރުގެ އެހެނިހެން ޒިންމާތައް އަދާކުރުން.


މަޤާމުގެ މައިގަނޑު މަސައްކަތްތައް:

  • ބަރާބަރަށް ގަޑިއަށް ހާޒިރުވުމާއިއެކު ދުއްވުމަށް ހަވާލުކުރެވޭ ވެހިކަލް ސުޕަވައިޒަރުން އަންގާގޮތުގެ މަތިން ދުއްވުން.
  • ވެހިކަލް ދުއްވުމަށް ކަނޑައެޅިފައިވާ އުސޫލުތަކާއި ގަވާއިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ދުއްވުން.
  • ކޮންމެވެހިކަލެއްވެސް ދުއްވުމުގެ ކުރިން ވެހިކަލްގެ އިންޖީން ބަރާބަރަށް މަސައްކަތް ކުރޭތޯބެލުމާއި ވެހިކަލްގެ ތެޔޮ، ފެން، އަދި ފުރޮޅުތަކުގައި ވައި ހުރިތޯބަލައި، ބުރަކި އާއި ސިގްނަލްތައް މަސައްކަތް ކުރޭތޯބެލުން.
  • މަސައްކަތުގެ ތެރޭގައި ވެހިކަލަށް އެއްވެސް ގެއްލުމެއް ލިބިއްޖެނަމަ ލަސްނުކޮށް ސުޕަވައިޒަރަށް އަންގާ ހައްލުކުރުން.
  • މަޤާމާއި ސެކްޝަނުގެ މަސައްކަތާއި ގުޅޭގޮތުން ޑިޕާރޓްމަންޓުގެ އިސްވެރިޔާ ނުވަތަ ސުޕަވައިޒަރު ހަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން.

 

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލްކަން:         

  • މަސައްކަތްތައް އަމިއްލައަށް އިސްނަގައިގެން ކުރުމާއި މީހުންނާއި ގުޅިގެން މަސައްކަތްކުރުން.
  • މަސައްކަތްތައް ކަނޑައެޅިފައިވާ ވަގުތަށް ނިންމުމާއި ގަޑިއަށް ފަރުވާތެރިކަމާއިއެކު ކުރުން.
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި މަސައްކަތް ކުރެވޭނެފަދަ ރަނގަޅު ސިއްހަތެއްގައި ހުރުން.
  • ހީވާގިކަމާއެކު މަސައްކަތް ކުރެވޭ މީހެއް ކަމުގައިވުން.


އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭ ނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެއެވެ.


ބޭނުންވާ ލިޔެކިޔުންތައް:

  • އައިޑީ ކާޑު ކޮޕީ
  • ޑްރައިވިންގ ލައިސަންސް ކޮޕީ
  • ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  • ކުރިން އަދާކޮށްފައިވާ ވަޒީފާގައި އުޅުނުކަމުގެ ލިޔުން
  • ވަނަވަރު

 

އިތުރު މައުލޫމާތު ހޯއްދެއްވުމަށް 3353535 އަށް ގުޅާލައްވާ.