ސަޕޯޓް ސްޓާފް (Support Staff)

HDC(161)-HRM/IU/2023/282
Hulhumale
10500
25/05/2023
08/06/2023 14:00
Expired

ވަޒީފާ އަދާކުރަންޖެހޭ ތަން: ހުޅުމާލެ


ތައުލީމީ ފެންވަރާއި ތަޖުރިބާ:

އަސާސީ ތަޢުލީމުގެ ފެންވަރުހުރުމާއި އެކު މަސައްކުރެވޭނެފަދަ ރަނގަޅު ސިއްހަތެއްގައި ހުރުން.


މަޤާމުގެ މަސްއޫލިއްޔަތު:

ކޯޕަރޭޝަނުން ހިންގާ އެކިއެކި ޕްރޮޖްކްޓްތަކަށް ބޭނުންވާ އެންމެހައި ޢަމަލީ މަސައްކަތްތަކުގައި އެހީތެރިވެދިނުން.


މަޤާމުގެ މައިގަނޑު މަސައްކަތްތައް: 

 • ކޯޕަރޭޝަނުން ބަލަހައްޓާ އިމާރާތްތަކާއި އަދި އެފަދަ އެހެނިހެން ތަންތަނުގެ މަރާމާތުގެ މަސައްކަތްތައް ކުރުން. މީގެތެރޭގައި ގާއެޅުމާއި، ލައިޓް މަރާމާތުކުރުމާއި، ކޮންކްރީޓް އެޅުމާއި، ކާޕެންޓްރީ އަދި މޭސަނަރީ އާއި ގުޅުންހުރި މަސައްކަތްތައް ކުރުން ހިމެނޭ.
 • ޑިޕާޓްމެންޓް އިން ހިންގާ އެކިކަހަލަ ކޮންސްޓްރަކްޝަން، ޑިވެލޮޕްމަންޓް އަދި މަރާމާތުގެ މަސައްކަތްތަކުގައި އެހީތެރިވެދިނުން. މީގެތެރޭގައި ޕާރކް ހެދުމާއި އަދި އިމާރާތްކުރުމުގެ މަސައްކަތްތައް ހިމެނޭ.  
 • މަގާމުގެ މަސްއޫލިއްޔަތާއި ގުޅޭގޮތުން ޑިޕާޓްމަންޓުގެ އިސްވެރިޔާ ހަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން.


ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލްކަން:

 • މަސައްކަތްތައް އަމިއްލައަށް އިސްނަގައިގެން ކުރުން.
 • ސަލާމަތީ ކަންތައްތައް ދަންނަމީހެއްކަމުގައިވުން.
 • މަސައްކަތުގެ މާހައުލުގައި އެންމެން ގުޅިގެން މަސައްކަތްކުރުން.
 • ގަޑިއަށް ފަރުވާތެރިވުމާއި ހަވާލުކުރެވޭ މަސައްކަތް ވަގުތައް ނިންމުން.
 • ހީވާގިކަމާއެކު މަސައްކަތް ކުރެވޭ މީހެއް ކަމުގައިވުން.


މުސާރަ: 10,500.00ރ 

އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭ ނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެއެވެ.


ބޭނުންވާ ލިޔެކިޔުންތައް:

 • އައިޑީ ކާޑު ކޮޕީ އަދި ލައިސަންސް ކާޑު ކޮޕީ
 • ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
 • ކުރިން އަދާކޮށްފައިވާ ވަޒީފާގައި އުޅުނުކަމުގެ ލިޔުން
 • ސީވީ


އިތުރު މައުލޫމާތު ހޯއްދެއްވުމަށް 3353535 އަށް ގުޅާލައްވާ.